Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ސަރުކާރުގެ އިސްވެރިންތަކެއް ގިނަ އަދަދެއްގެ ފައިސާ ރާއްޖޭން ބޭރުކުރާ މައްސަލައެއް ފުލުހަށް

ސަރުކާރުގެ އިސްވެރިންތަކެއް ގިނަ އަދަދެއްގެ ފައިސާ ރާއްޖޭން ބޭރަށް ގެންދަން އުޅޭކަމުގެ މައުލޫމާތުތަކެއް ލިބިގެން އެމައުލޫމާތު ފުލުހުންނާއި ހިއްސާކޮށްފިއެވެ.

ރައްުޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ކުރެއްްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު އިސްވެރިންތަކެއް ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އިދާރާއަށް ގޮސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އަލީ ވިދާޅުވީ އެމައްސަލަ ރަސްމީކޮށް ފުލުހުންގެ އިދާރާއިން ބަލައިގެންފައިވާ ކަމަށެވެ.

ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ގިނަ އަދަދެއްގެ ފައިސާ ރާއްޖޭން ބޭރުކުރުމަށް ރާއްޖޭގައި ހިންގާ ބައެއް ބޭންކުތަކުން ނަގަމުންދާ ކަމުގެ އަޑު ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ހާމަކޮށްފައި ނުވެއެވެ.