ރިޔާސީ އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ވެއްދީ ރައީސް ޔާމީންގެ ސަޕޯޓަރުންނަށްޓަކައިކަމަށް އެމަނިކުފާންގެ ގާނޫނީ ވަކީލް އަދި ޖޭއެސްސީގައި އިންނަވާ ރައީސް އަބްދުﷲ ޔާމީންގެ މެންބަރު އަހުމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވެއްޖެއެވެ.
ސްޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައި ސަލީމް ނޫސްވެރިންނަށް ވިދާޅުވީ ރައީސް ޔާމީން އިންތިހާބާއި ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާންގެ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތައް ގާނޫނީ ޓީމުން ބެއްލެވުމަށްފަހު ކަމަށެވެ.
ސަލީމް ވިދާޅުވީ މައްސަލައިގެ ހެއްކާއި ކިތާބީ ހެކި ތަކުގެ ވާހަކަ މިވަގުތު ނުދެއްކޭނެކަމަށެވެ. ނަމަވެސް މައްސަލައިގެ ޝަރިއަތް ފެށުމުން އެކަންކަން ހާމަ ކުރަމުންދާނެކަމަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މި މައްސަލަ ކޯޓުން އަދި ބަލައި ނުގަނެއެވެ. ސަލީމް ވިދާޅުވީ މިގޮތަށް މައްސަލަ ހުށަހެޅުމުން ވަގުތުން ބަލައި ނުގަންނަކަމަށާއި ކޯޓުންވެސް މައްސަލަ ބަލައިގަންނާނީ ބަލަން ޖެހޭކަންކަން ބެއްލެވުމަށްފަހު ކަމަށެވެ.
ރިޔާސީ އިންތިހާބުން ރައީސް ޔާމީންވަނީ ލަދުވެތި ގޮތަކަށް ބަލިވެވަޑައިގެންފައެވެ. އަދި އިންތިހާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ވިދާޅުވެ މުޒާހަރާ ކުރުމަށް އެމަނިކުފާންގެ ސަޕޯޓަރުންނަށް ވަނީ ދަންނަވާފައެވެ.