Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ރައްޔިތުންގެ ނިންމުމާއި ނުކުޅޭތި: މަހްލޫފު

ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ސުޕުރީމް ކޯޓަށް ހުށަހެޅުއްވުމާއި ގުޅިގެން ރައްޔިތުންގެ ނިންމުމާއި ނުކުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފުގެ އިހު ބަހާއި ފަހު ބަސް އިއްވައިފިއެވެ.

މަހްލޫފުގެ ފޭސްބުކްގައި ވިދާޅުވީ"ރައްޔިތުންގެ ނިންމުމާއި ނުކުޅޭތި" މިއީ އޭނާގެ އިހުބަހާއި ފަހުބަސް ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ދަމަހައްޓަން ތައްޔާރަށް ތިބި ފުލުހުންނާއި ސިފައިން ރަނގަޅަށް ކަމަރު ބާރު ކުރުމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

މަހްލޫފު ވިދާޅުވީ ރައްޔިތުންގެ ސަފުތައް ފުލުހުންނާއި ސިފައިންގެ ސަފުތައް ފަހަތުން ރުކުރުވާލުމަށެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެއް މިއަދު ޕީޕީއެމްއިން ސުޕުރީމް ކޯޓަށް ހުށަހެޅުއްވި އިރު އިންތިހާބާއި ގުޅޭ ރަސްމީ ޝަކުވާއެއް ޕީޕީއެމްގެ ފަރާތުން އިލެކްޝަން ކަމިޝަނަށް ހުށަހަޅާފައި ނުވެއެވެ.

އިންތިހާބްގެ ނަތީޖާ ރައީސް ޔާމީން ގަބޫލް ކުރައްވާފައިވާއިރު އެމަނިކުފާން ވަނީ ލަދުވެތި ގޮތަކަށް ބަލިވެފައެވެ.