Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ލަންކާގެ ރައީސް ސިރިސޭނާ އިބޫ އާއި ބައްދަލު ކުރައްވައިފި

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލު ކުރައްވައިފިއެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން އިބޫ ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ވަޑައިގެންފައި ވަނީ ލަންކާ މަގުން ސިންގަޕޫރަށެވެ. އަދި އެނބުރި މިއަދު ރާއްޖެ ވަޑައިގެންނެވީވެސް ލަންކާ މަގުންނެވެ.

ސިރިސޭނާ އިބޫ އާއި ބައްދަލު ކުރައްވާފައިވަނީ ލަންކާގައި ޓްރާންސިޓު ކުރެއްވި ވަގުތުކޮޅު ބަންޑާރަނައިކަ އިންޓަނޭޝަން އެއާޕޯޓުގެ ވީއައިޕީގައިކަމަށް މައުލޫމާތު ލިބެއެވެ.

އިބޫ އާއި ސިރިސޭނާ މިއަދު ބައްދަލު ކުރެއްވި އިރު ރިޔާސީ އިންތިހާބުން އިބޫ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާ އިރު އިބޫގެ ސަރުކާރަށް ލަންކާއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވަނީ ވިދާޅުވެފައެވެ.