Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު އައްޑޫން ދެމީހަކު ހައްޔަރުކޮށްފި

ކަނޑުމަގުން އައްޑޫއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 36 އަހަރުގެ މީހަކާއި 46 އަހަރުގެ މީހަކު ހައްޔަރުކޮށާްފައިވާ ކަމަށެވެ.

މި މަހުގެ 9 ވަނަ ދުވަހުގެ 23:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހިތަދޫ ބަނދަރު ސަރަޙައްދުން މިދެމީހުން ހުއްޓުވައި ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ބުލެޓު ފެނިފައިވެއެވެ.

މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ.