Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ވަޅި ހަރައި 14 އަހަރުގެ ކުއްޖަކު މަރާލައިފި

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް، ފޮޓޯ: ރާއްޖެއެމްވީ

މާލޭގައި ރޭ ދަންވަރު 1:55 ހާއިރު ތޫނު އެއްޗަކުން ހަމަލާދީ 14 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.

ގަލޮޅު އޮޓޯ ގަރާޖު ކުރިމަތިން ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ސ. ފޭދޫ، ހީނާމާގެ، ޝައްފާން އިސްމާއިލް (14އ)އެވެ.

ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 7 ގައި ކިޔަވަމުންދާ ޝައްފާންގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ އުރު އޭނާ މަރުވެފައިވަނީ އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށް ދަންވަރު 2:30 ހާއިރުއެވެ.

މިހާދިސާ އާއި ގުޅިގެން މާލަސްތަކެއް ނުވެ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މާލެ އާއި އައްޑޫގައި ސިލްސިލާކޮށް ތޫނު އެއްޗެހިން މާރާމާރީ ހިންގަމުން އަންނައިރު މިހާރުވެސް އައްޑޫގެ ދެ ޒުވާނަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އަދި އިއްޔެ މެންދުރު ޢިޔާސުއްދީން ސްކޫލް ކައިރިން 26 އަހަރުގެ ޒުވާނަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ.