Last Updated: April 19, 22:14
Friday, April 19, 2024
ޚަބަރު

ކަރަންޓުގެ އަގު ފެނަކައިން ނަގާފައިވަނީ ގަވާއިދާއި ހިލާފަށް: އޮޑިޓް ރިޕޯޓު

ހިތަދޫގައި ހުންނަ ފެނަކަ ސޭލްސް ސެންޓަރ.އައްޑޫލައިވް ފޮޓޯ: އައިޝަތު ނާޖީ

ކަރަންޓުގެ އަގު ފެނަކައިގެ އެކި ގޮފިތަކުން ނަގާފައިވަނީ ކަނޑައަޅާފައިވާ ރޭޓުގައި ނޫންކަމަށް އެކުންފުނީގެ ޕާފޯމެންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ރިޕޯޓުގައިވާ ގޮތުން ހުރިހާ ގޮފިތަކެއްގައި ކަނޑައަޅާފައިވާ ރޭޓުގައި ކަރަންޓުގެ ޚިދުމަތުގެ އަގަށް ފައިސާ ނަގަމުން ގޮސްފައިނުވުމުން ކުންފުންޏަށް ލިބެންޖެހޭ އަދަދަށްވުރެ އާމްދަނީ މަދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ކުންފުނިން ފޯރުކޮށްދޭ އެހެނިހެން ހިދްމަތްތަކަށް އެއްވެސް އާމްދަނީއެއްް ލިބެމުން ނުދާތީ ކުންފުނީގެ ހަރަދުތައް ފޫނުބެއްދޭކަން ވަނީ ފާހަގަކޮށްފައެވެ.

ފެނަކައިން އެކި ގޮފިތަކުގައި ތަފާތު އަގުތަކުގައި ކަރަންޓުގެ އަގު ނަގަމުން އަންނަ އިރު ކަރަންޓުގެ އަގު ހެޔޮކުރުމުންވެސް ބޮޑު އަގުގައި ޗާޖުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެކުންފުނި އުފެއްދި ފަހުން ވިޔަފާރީގެ ކުރިއެރުން ލިބިފައި ނުވާއިރު ކުންފުނީފެ ހިންގުންވެސް ހަރުދަނާ ކުރެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.