Last Updated: July 24, 20:27
Saturday, July 25, 2026
ޚަބަރު

ޚިޔާލު ތަފާތުވުމަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ސިފަ: ނިޒާރު

އަލީ ނިޒާރު. ފޮޓޯ: ގޫގުލް

ޚިޔާލު ތަފާތުވުމަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ސިފަ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލްހާން ކުރެއްވި ޓްވީޓެއް ގާސިމް ރީޓްވީޓް ކުރެއްވުމާއި ގުޅިގެން ކޯލިޝަން ތެރޭގައި ޚިޔާލު ތަފާތުވުމެއް އައިކަމަށް ބުނެ ބައެއް ފަރާތްތަކުން ކިޔަންފެށި ފާޑުތަކާއި ގުޅިގެން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޚިޔާލު ތަފާތުވުން ތަކާއެކު ކޯލިޝަން ހެދީ ޔާމީން ބަލިކުރަން ކަމަށެވެ. އެކަން ކުރެވިއްޖެ ކަމަށާއި ދެން އޮތީ ގުޅިގެން ސަރުކާރު ހިންގުން ކަމަށާއި އެކަންވެސް އިންޝާﷲ ކުރެވޭނެ ކަމަށެވެ.

ޑިމޮކްރަސީގެ އަސާސްތަކާއި އެއްގޮތަށް ހިޔާލު ތަފާތުވުންތަކާއިއެކު ހައްލު ހޯދޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.