Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

4 ލީޑަރުން ގުޅިގެން ފެށި މަސައްކަތް ނިމެން ގާތްވެސް ނުވޭ: އަލީ ޒާހިރު

4 ލީޑަރުން އަދި 4 ޕާޓީ ގުޅިގެން ފެށި މަސައްކަތް ނިމެން އަދި ގާތްވެސް ނުވާ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެ ބޭފުޅުންގެ ހަމައެކަނި އަމާޒަކީ ޔާމީން ބަލިކުރުމެއް ނޫން ކަމަށާއި އޭނާ ޚަރާބު ކޮށްފައިވާ މުޅި ނިޒާމު އިސްލާހުކުރުން ކަމަށެވެ.

"4 ލީޑަރުން އަދި 4 ޕާޓީ ގުޅިގެން ފެށި މަސައްކަތް ނިމެން އަދި ގާތްވެސް ނުވޭ. އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ ޔާމީން ބަލިކުރުމެއް ނޫން، އޭނާ ޚަރާބު ކޮށްފައިވާ މުޅި ނިޒާމު އިސްލާހުކުރުން. އޭޕީ ލީޑަރު އަދިވެސް އޮންނެވީ "ޖަލުގަ" އަދި ލަސްވެގެން އުޅޭކަށް ނުވޭ. ކެތްތެރިކަމާއި ޙިކުމަތް އިސްކުރަމާ!" އަލީ ޒާހިރު ވިދާޅުވިއެވެ.

އެ ޓްވީޓްގައި އަލީ ޒާހިރު ވަނީ އަދާލަތު ޕާޓީގެ ލީޑަރުވެސް އަދިވެސް އޮންނެވީ ޖަލުގައި ކަމަށާއި އަދި ލަސްވެގެން އުޅޭކަށް ނުވާކަމަށެވެ.

ކެތްތެރިކަމާއި ޚިކުމަތް އިސްކުރުމަށް އަލީ ޒާހިރު ވަނީ ގޮވާލައްވާފައެވެ.