Last Updated: June 16, 05:26
Tuesday, June 16, 2026
ޚަބަރު

އެޗްއާރްއެޗްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ

ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އަމާޒުކޮށްގެން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ގާއިމު ކުރަން ނިންމާފައިވާ ޑައިލިސިސްގެ ހިދުމަތް މި މަހު ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެޗްއާރްއެޗްގެ އޮފިޝަލަކު ވިދާޅުވީ ޑައިލިސިސްގެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަނީ އަމިއްލަ ފަރާތަކުން އެކަމަށް ހަދިޔާ ކުރާ މެޝިންތަކެއް ބޭނުންކޮށްގެން ކަމަށެވެ.

އަދި އެ މެޝިންތައް މި ހަފުތާގެ ތެރޭގައި ލިބުމުން، މި މަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަަމަށް ހޮސްޕިޓަލުން ބުންޏެވެ. އެތަނުން ބުނީ މިކަމަށް ބޭނުންވާ ތިން މުވައްޒަފަކު ވެސް މިހާރު ޓްރޭންކޮށްފައިވާ ކަމަށެވެ.

އެޗްއާރްއެޗުން ބުނީ އައްޑޫގައި ކިޑްނީގެ ބަލި މީހުންގެ ގޮތުގައި ރިކޯޑް ކުރެވިފައި ވަނީ 17 މީހުން ކަމަށެވެ.