ދުނިޔެ

ޝެއިޚް ހަސީނާއަށް އަމާޒުކުރި ހަމަލާއަކާ ގުޅިގެން 19 މީހަކު މަރަން ހުކުމްކޮށްފި

ޝެއިޚް ހަސީނާއަށް އަމާޒުކޮށް 2004 ވަނަ އަހަރު ދިން ހަމަލާގައި 21 މީހަކު މަރުވެފައިވޭ-

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް އަމާޒުކޮށް 2004 ވަނަ އަހަރު ރާވައި ދިން ހަމަލާއަކާ ގުޅިގެން 19 މީހަކު މެރުމަށް ހުކުމްކޮށްފިއެވެ.

މިހަމަލާއިން ޝެއިޚް ހަސީނާ ސަލާމަތްވި ނަމަވެސް 20 މީހަކު ވަނީ އެހާދިސާގައި މަރުވެފައެވެ. އޭގެ ތެރޭގައި އަވާމީ ލީގުގެ އިސް ލީޑަރެއް ވެސް ހިމެނެއެވެ.

މެރުމަށް ހުކުމް ކޮށްފައިވާ 19 މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ކުރީގެ ދެ ވަޒީރުން ވެސް ހިމެނޭ އިރު އެމީހުން މެރުމަށް ހުކުމްކޮށްފައިވަނީ ދަން ޖައްސައިގެންނެވެ.

ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ބޮޮމުގެ ހަމަލާއެއް ދޭން އުޅުނު ބަޔަކަށް ވެސް ވަނީ މިދިޔަ އޮގަސްޓު މަހުގައި މަރުގެ ހުކުމް އިއްވާފައެވެ. އެމައްސަލާގައި މަރުގެ ހުކުމް އިއްވާފައިވަނީ 10 މީހަކަށެވެ.