ހުޅުމާލެ އިން ނުއަގުގައި ވިއްކުމަށް ހަމަޖެހިފައިވާ 400 ގޯތި ވިއްކުމުގެ ހުރިހާ މަސްއޫލިއްޔަތެއް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަނާ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ ގޯތި ވިއްކުމުގެ ފޯމު ބަލައިގަތުންވެސް މިހާރު ކުރާނީ އެޗްޑީސީއިން ކަމަށެވެ. ކުރިން ފޯމު ބަލައިގަތީ ހައުސިން މިނިސްޓްރީ އިންނެވެ.
މީގެ އިތުރުން ގޯއްޗަށް ފައިސާ ދެއްކުމާއި ގުރުލުންވެސް އެޗްޑީސީން ކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެއިން ގޯތި ވިއްކުން މަޑުޖައްސާލުމަށް އޭސީސީން އަންގާފައިވާއިރު މިއަދު އެކަން ހުއްޓުވުމަށް ވަގުތީ އަމުރެއް ހޯދުމަށް ކޯޓަށް މައްސަލަ ވަނީ ހުށައަޅާފައެވެ.