Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

"އިންތިޚާބާއި ގުޅޭ ދޮގު އިންޓެލިޖެންސް ރިޕޯޓެއް ނުހިމެނޭކަން ފުލުހުން ޔަޤީންކޮށްދޭން ޖެހޭނެ"

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ގޫގުލް

ރިޔާސީ އިންތިޚާބާއި ގުޅޭ ދޮގު އިންޓެލިޖެންސް ރިޕޯޓެއް ނެތްކަން ފުލުހުން ރައްޔިތުންނަށް ޔަޤީންކޮށްދޭން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވަނީ އިންތިޚާބު ބާތިލްކުރުމަށް އުފެއްދި ދޮގު ހެކީގެ ތެރޭގައި ފުލުހުންގެ ދޮގު އިންޓެލިޖެންސް ރިޕޯޓެއް ނުހިމެނޭކަމަށް ބުނާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަޔާނެއް ނެރުން ވަރަށް މުހިންމު ކަމަށެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ވަނީ ދިވެހި ރައްޔިތުންގެ ނިނެމުން ބަލައިގަންނަވާފައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ހޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހު އަށް ނޮވެމްބަރު 11 ވަނަ ދުވަހު ހުވާ ކުރެވެން ޖެހޭ"، ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ، އިންތިޚާބު ބާތިލްކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.

އެ މައްސަލައިގެ ޝަރީޢަތް ވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފަ އެވެ.