Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ގޯތި ވިއްކުމާއި ދެކޮޅަށް އެޗްޑީސީ މުވައްޒަފުން ޕެޓިޝަނެއް ހަދައިފި

9 އޮކްޓޯބަރު 2018:ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލުމާ އެކު، ގޯތީގެ ފޯމު ލުމަށް ހައުސިން މިނިސްޓްރީގެ ސަރަހައްދުގައި ގިނައަދަދެއްގެ ބަޔަކު ކިޔޫ ހަދައިގެން - | ފޮޓޯ: އަވަސް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ވިއްކާ 400 ގޯތި ވިއްކުމާއި ދެކޮޅަށް ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ގިނަ އަދަދެއްގެ މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީގެ އިސް ބައެއް މުވައްޒަފުންނާއި އެކު 160 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައެވެ. ގޯތި ވިއްކުމާއި ދެކޮޅުހަދައި މުވައްޒަފުން ހެދި ޕެޓިޝަނުގައި 19 ކަމެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން މުވައްޒަފުން ވަނީ ގޯތި ވިއްކާއަގު ކުޑަވުމުގެ ސަބަބުން ކުންފުންޏަށް މާލީ ބޮޑު ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ބުނެފައެވެ.

އެޗްޑީސީގެ މުވައްޒަފުން ވަނީ އެޕެޓިޝަން އޭސީސީއާއި، އެޗްޑީސީގެ ބޯޑަށާއި، އޮޑިޓަ ޖެނެރަލްގެ އޮފީހަށާއި، އެހެނިހެން ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވާފައެވެ.

އެޗްޑީސީގެ މުވައްޒަފުން ގޯތި ވިއްކުމާއި ދެކޮޅު ހަދަމުންދާއިރު ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ގޯތި ވިއްކުން ހުއްޓުވައި ދިނުމަށް އެދި އޭސީސީއަށް ގޮސްފައެވެ.