ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮރަޕްޝަނަށް "އެޑިކްޓްވެފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ACC in hama mihaarun mihaarah court ah vadhe amureh hodhan eba jehey Muizzu hayyaru kuran. Mi @MMuizzu maithiri eh nuvaane! Meena mihiree corruption ah addict vefa!
Balaa dhenme ves eyoh dhekkihaa bohama nujehey vaahakathah! Meena hayyaru kurun noon halleh neiy!— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) October 11, 2018
އެ ޓްވީޓްގައި ރޮޒެއިނާ ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރުން މިހާރަށް ވެސް މިނިސްޓަރު މުއިއްޒު ހައްޔަރުކުރަން ކޯޓު އަމުރެއް ހޯދަން ޖެހޭ ކަމަށެވެ.
"މި މުއިއްޒު މައިތިރިއެއް ނުވާނެ! މީނަ މިހިރީ ކޮރަޕްޝަނަށް އެޑިކްޓްވެފައި! ބަލާ ދެންމެ ވެސް އެޔޮތް ދެއްކިހާ ބޯހަމަނުޖެހޭ ވާހަކަތައް!"، ރޮޒެއިނާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރޮޒެއިނާ އިތުރަށް ވިދާޅުވެފައި ވަނީ މުއިއްޒު ހައްޔަރު ކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތް ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މުދަލަށް ނަހަމަގޮތުގައި މިނިސްޓަރ މުއިއްޒު އަރައިގަންނަމުން ދާތީ ވަގުތީ އަމުރެއްގެ ދަށުން ނަމަވެސް އޭނާ މިހާރު ޖަލަށް ލާންވެއްޖެ ކަމަށް ރޮޒެއިނާ ވަނީ މިއަދު ހެނދުނު ވެސް ވިދާޅުވެފަ އެވެ.
Rayyithun ge mudhalah nahama gothuga @MMuizzu araigannamun dhaathee vaguthee amuregge dhashun namaves mi kaleyge mihaaru jalah laan vejje. Eyee mee mujthamau ah nurakkalakah vefa vaa meehakah vaathee. #ArrestMuizzu https://t.co/aYCs1Mwhth
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) October 11, 2018
ރޮޒެއިނާ މިހެން ވިދާޅުވެފައިވަނީ އީސީސީއިން އަންގާފައިވާ ގޮތާއި ޚިލާފަށް ފްލެޓްތައް ވިއްކާ ކަމަށްވާ ނަމަ ކޯޓަށް ގޮސްގެންވެސް އެކަން ހުއްޓުވާނެ ކަމަށް އެ މުއައްސަސާއިން ބުނެފައިވާ ކަމަށް ނޫހެއްގައި ލިޔެފައިވާ ޚަބަރަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
މުއިއްޒު ޖަލަށް ލާންޖެހޭ ސަބަބެއް ކަމަށް ރޮޒެއިނާ ވިދާޅުވެފައިވަނީ އެއީ މުޖުތަމައުއަށް ނުރައްކަލަކަށް ވެފައިވާ މީހަކަށް ވާތީކަމަށެވެ.