Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޔޫކޭގެ މަޝްހޫރު އިންޖިނިއަރިންގ ޑިގްރީ ޕްރޮގްރާމްތައް މިހާރު ސްރީ ލަންކާއިން!

ސްރީ ލަންކާ ޓެލެކޮމް ޓްރެއިނިންގ ސެންޓަރ - ފޮޓޯ: ގޫގުލް

އިނގިރޭސިވިލާތުގެ އިންޖިނިއަރިންގ ޑިގްރީ ޕްރޮގްރާމްތައް އަވަށްޓެރި ސްރީ ލަންކާގައި ހުރެގެން ފުރިހަމަކުރުމުގެ ފުރުސަތު ސްރީ ލަންކާ ޓެލެކޮމް ޓްރެއިނިންގ ސެންޓަރ (އެސްއެލްޓީޓީސީ) އިން ހުޅުވާލައިފި އެވެ.

އެގޮތުން ތިން ދާއިރާއަކުން އިންޖިނިއަރިންގ ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު އެސްއެލްޓީޓީސީ އިން ހުޅުވާލާފައި ވެއެވެ. އެއީ:

– ބެޗްލަރސް އޮފް އިންޖިނިއަރިންގ (އޮނަރސް) އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ
– ބެޗްލަރސް އޮފް އިންޖިނިއަރިންގ (އޮނަރސް) އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން އިންޖިނިއަރިންގ
– ބެޗްލަރސް އޮފް އިންޖިނިއަރިންގ (އޮނަރސް) އިން އިލެކްޓްރޯނިކްސް އެންޑް ކޮމްޕިއުޓަރ އިންޖިނިއަރިންގ

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝަޔަރ އާއި ގުޅިގެން އެސްއެލްޓީޓީސީ އިން ކުރިއަށްގެންދާ މި ކޯސްތަކަކީ ސްރީ ލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަން (ޔޫޖީސީ) އިން ޤަބޫލުކުރާ ފެންވަރުގެ ކޯސްތަކެކެވެ.

މި ކޯސްތަކަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި އެޑެކްސެލް އޭލެވެލް އިމްތިހާނުން ދެ މާއްދާއިން ފާސްވުމުގެ އިތުރުން އޯ ލެވެލް ނުވަތަ އޭ ލެވެލް އިން އިނގިރޭސި މާއްދާއިން ފާސްވެފައިވުން ހިމެނެއެވެ.

ފަސޭހަކަމާއެކު ފައިސާދެއްކޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ކޯސްތައް ކިޔަވައިދެއްވާނީ ތަޖުރިބާކާރު ލެކްޗަރުންނެވެ. އަދި އެސްއެލްޓީޓީސީގައި މި ކޯހަށް ބޭނުންވާ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއި ލެބޯޓްރީތައް ޤާއިމްކުރެވިފައިވާއިރު، އެ ސެންޓަރުން ލައިބްރަރީ އާއި ކެންޓީންގެ އިތުރުން ހޮސްޓެލް ޚިދުމަތް ވެސް ފޯރުކޮށްދެއެވެ.

މި ކޯސްތަކަށް http://www.slt.lk/training ވެބްސައިޓް މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ.

މީގެ އިތުރުން އެސްއެލްޓީޓީސީ އިން އިންޖިނިއަރިންގގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގެ ބީޓެކް ޕްރޮގްރާމްތައް ވެސް ހިންގައެވެ. އެގޮތުން އެ ސެންޓަރުން ހިންގާ އެންމެ މަޤްބޫލް ޕްރޮގްރާމަކީ ބީޓެކް ލެވެލް 5 ހަޔަރ ނެޝަނަލް ޑިޕްލޮމާ (އެޗްއެންޑީ) އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ (ކިޔުސީއެފް) އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ހަމައެކަނި ޝަރުތަކީ ފިޒިކަލް ސައިންސް، ބަޔޯސައިންސް ނުވަތަ ޓެކްނޮލޮޖީ ސްޓްރީމް އިން އެޑެކްސެލް އޭލެވެލް އިމްތިހާންގައި ބައިވެރިވެފައި ވުމެވެ.

ދެ އަހަރުގެ މުއްތަދަކަށް ބަހާލެވިފައިވާ މި ޕްރޮގްރާމްގައި ޖުމްލަ 240 ކްރެޑިޓްސް ކަވަރ ކުރާނެއެވެ. އަދި އެލްއެލްޓީގައި ހަ މަސް ދުވަހުގެ އިންޑަސްޓްރިއަލް ޓްރެއިނިންގއެއް ފުރިހަމަ ކުރުމުގެ ފުރުސަތު ވެސް ކޯހުގެ ބައިވެރިންނަށް ލިބިގެންދާނެ އެވެ.

މި ބީޓެކް ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް އިނގިރޭސިވިލާތް، އެމެރިކާ އަދި އޮސްޓްރޭލިއާ ފަދަ ޤައުމްތަކުގެ ޔުނިވަރސިޓީތަކުގެ ބެޗްލަރސް އިން އިންޖިނިއަރިންގގެ ޑިގްރީ ކޯސްތަކުގައި ސީދާ ތިން ވަނަ އަހަރުން ފެށިގެން ބައިވެރިވެވޭނެ އެވެ.

މިއީ ޕިއަރސަން ބީޓެކް އާއި ގުޅިގެން އެ ސެންޓަރުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.