ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ "ހިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ހައުސިންގ މިނިސްޓަރ، ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގަ އެވެ.
Hiyaa Mashroou ge vaguthee list ah shakuvaa hushahelhumuge muhdhathu 24 October 2018 aahamayah ithuru kurevifaivaa vaahaka dhannavan. (bandhu dhuvasthah nuhimanaa)
— Dr Mohamed Muizzu (@MMuizzu) October 11, 2018
އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫޢުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު (ބަންދު ދުވަސްތައް ނުހިމަނާ) 24 އޮކްޓޯބަރ 2018 އާއި ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި އޮތީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
ފްލެޓް ލިބޭނެކަން އިއުލާން ކޮށްފައިވަނީ ސިވިލް ސާވިސްގެ ތިން ކެޓެގަރީއާ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއާ ޓީޗަރުންގެ ކެޓަގަރީއާ އެކަނިވެރި މައިންނާއި ބަފައިގެން ކެޓެގަރީއާ 18 އަހަރާއި 40 އަހަރުުގެ ކެޓަގަރީއާ މާލެ ރަށްވެހިންގެ ކެޓަގަރީއާ ދަފްތަރު ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އިންނެވެ.