ސާފު ސުޒުކީ ތަށި ހިފައިގެން އައްޑޫގެ މަޝްުހޫރު ފުޓްބޯޅަ ދެ ތަރިންކަމަށްވާ މުހައްމަދު އާރިފު (ބަކާ) އަދި އިބްރާހިމް މަހުދީ ހުސެއިން (ކުދު އިއްބެ) މިމަހުގެ 14 ވަނަ ދުވަހު އައްޑޫއަށް އައުމަށް ހަމަޖެހިއްޖެއެވެ.
އިއްބެ އާއި ބަކާ ތަށި ހިފައިގެން އައުމަށް ހަމަޖެހިފައިވަނީ 14 ވަނަ ދުވަހުގެ ހެނދުނު 8:30ގައެވެ. ތައްޓާއި އެކު މިދެތަރިން އައްޑޫއަށް އަންނަ ވަގުތު ހޫނު މަރުހަބާއެއް ކިއުމަށް ދަނީ ތައްޔާރުވަމުންނެވެ.
ސާފު ސުޒުކީ ތަށި މިފަހަރު ކާމިޔާބު ކުރުމުގައި ކުދު އިއްބެ އަދި ބަކާ ދައުުރު ބޮޑެެވެ. ފައިނަލް މެޗްގައި ރާއްޖެ އިންޑިއާގެ މައްޗަށް ލީޑު ނަގައި ޓީމަށް ހިތްވަރު ގެނެސްދިނީ ކުދު އިއްބެއެވެ.
ސާފު ސުޒުކީ ތަށި އައްޑޫއަށް ގެނެސް ހާއްސަ ހަރަކާތްތަކެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ތައްޓާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތު ފޭދޫ އަދި ހިތަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.