Last Updated: July 28, 10:52
Tuesday, July 28, 2026
ޚަބަރު

އިސްލާމިކް ބޭންކުގެ ހާއްސަ ރޯޑު ޝޯވ އެއް މާދަމާ ފޭދޫ ބަނދަރުގައި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހާއްސަ ރޯޑު ޝޯވ އެއް މާދަމާ ފޭދޫ ބަނދަރުގައި ބާއްވަން އެ ބޭންކުން ނިންމައިފިއެވެ.

އެމްއައިބީން ބުނީ މާދަމާ ހަވީރު 4:30 އިން އިރުއޮއްސި 6 ޖަހަންދެން ކުރިއަށްގެންދާ މި ރޯޑު ޝޯވްގައި ބޭންކު އެކައުންޓު ހުޅުވައިދިނުމާއި، އިންޓަނެޓް ބޭންކިންގެ މައުލުމާތުގެ އިތުރުން ބޭންކުން ދޫކުރާ ފެސިލިޓީސް ތަކާއި ގުޅޭ މައުލޫމާތު ދިނުން އޮންނާނެކަމަށެވެ.

އެމްއައިބީން ވަނީ މިއަދު ހިތަދޫގެ މަސްވެރިންނާއި ބައްދަލުކޮށް ބޭންކުން ފޯރުކޮށްދެމުންދާ ހިދްމަތްތަކުގެ މައުލޫމާތު އަރުވާފައެވެ.

2014 ވަނަ އަހަރު މާޗް 13 ވަަނަ ދުވަހު އެމްއައިބީގެ ހިދްމަތް އައްޑޫއަށް ތައާރަފްކޮށްފައިވާ އިރު މިވަގުތު އެބޭންކުން ދަނީ އޭޓިއެމް ހިދްމަތާއި، މާޗެންޓު ކާޑު މެޝިންގެ އިތުރުން ތަފާތު ކޮންސިއުމާ ފައިނޭންސް ހިދްމަތް އައްޑޫގައި ދެމުންނެވެ.