Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ރައްޔިތުންގެ ނިންމުން ބޮލާލާޖަހާ ގަދަބާރުން ވެރިކަމުގަ ނުހުރެވޭނެ: މަހްލޫފް

ރައްޔިތުންގެ ނިންމުން ބޮލާލާޖަހާ ގަދަބާރުން ވެރިކަމުގަ ނުހުރެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފްގެ ޓްވީޓްގައި ވިދާޅުވީ ޔާމީންގެ ލަފުގަހިފާ ދުރުކޮށް ރައްޔިތުން އިންތިޚާބުކުރި ރައީސްއަށް ރައްޔިތުންގެ ވެރިކަން ހަވާލު ކުރާނެޔޭ ތަކުރާރުކޮށް ދަންނަވަނީ ބޮޑު ސަބަބެއް އޮތުމުން ކަމަށެވެ.

އިތުރަށް ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ ގެމްބިއާގެ ރައީސަށް ވެސް ޖެހުނީ ހަމަ އެހާލު ކަމަށެވެ.

މީގެ ކުރިންވެސް މިކަމަށް އަލިއަޅުވާލާ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުންގެ ނިންމުމާއި ކުޅެލައިފިނަމަ ލަފުގަހިފާ ދުރުކޮށް ރައްޔިތުން އިންތިޚާބު ކުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ހުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.