Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އިންތިހާބާއި ގުޅޭ މައްސަލައިގެ ތެރެއަށް ހަތަރު ލީޑަރުން ވަންނަނީ

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް އަިދިކޮޅު ހަތަރު ލީޑަރުން ތަދައްޚުލް ވާން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓަށް ބަލައި ގަނެ މާދާމާ ޝަރީއަތް ފަށަން ވަނީ ނިންމާފައެވެ. މައްސަލައިގެ ތެރެއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ އިތުރުން ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދަތަހުލްވުމަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މައްސަލައިގެ ތެރެއަށް ހަތަރު ލީޑަރުންނަށް ވަދޭވެކަމެއް ނުވަތަ ނޫންކަމެއް ސްޕްރީމް ކޯޓުން އަދި ނިންމާފައި ނުވެއެވެ.

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ރައީސް ޔާމީން ހުށެހެޅުއްވީ ޕާޓީގެ ސަޕޯޓަރުންގެ ޝަކުވާތަކާއި ގުޅިގެންކަމަށްވަނީ ބުނެފައެވެ.