Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ދައުވަތަކަށް ރައީސް ނަޝީދު ސައުދީއަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސައުދީއަށް. ވަޑައިގެން ޕްރިންސް ޠޮލާލު އާއި ބައްދަލު ކުރައްވަނީ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް-ސައުދުގެ ދައުވަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ސައުދީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ނަޝީދަށް ސައުދީ ރަސްގެފާނު ދައުވަތު ދެއްވި އިރު ފ. އަތޮޅު ސައުދީއަށް ވިއްކާލަން ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި މަސައްކަަތްތައް ހުއްޓުވުމުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ނަޝީދެވެ. އަދި ކުއްލި ގޮތަކަށް ނަޝީދު ސައުދީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

ސައުދީއަށް ވަޑައިގަތުމުގެ ދައުވަތު ނަޝީދަށް ދެއްވި އިރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ސައުދީން ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ރަސްގެފާނުގެ ހާއްސަ މަންދޫބަކު ވަނީ އިންތިހާބީ ރައީސް އިބޫ އާއި ބައްދަލު ކުރައްވާފައެވެ.