Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ

އުމަރު ޒާހިރު، އިންތިޚާބީ ރައީސް އާއި ބައްދަލުކުރައްވަނީ - ފޮޓޯ: ސޯޝަލް މީޑިއާ

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި ކުރީގެ މިނިސްޓަރު، އޮނަރަބަލް އުމަރު ޒާހިރުގެ އަނބިކަނބަލުން މުއުމިނާ އިބްރާހިމް އަވަހާރަވެއްޖެ އެވެ.

އެކަމަނާ އަވަހާރަވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 84 އަހަރެވެ.

އެކަމަނާގެ ޖަނާޒާ އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހިންގި ތަރައްޤީގެ މަޝްރޫޢުތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތް އުމަރު ޒާހިރަކީ ނިޝާން އިއްޒުއްދީންގެ ލަޤަބު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.