Last Updated: June 10, 17:47
Wednesday, June 10, 2026
މުނިފޫހިފިލުވުން

ސަނީގެ ދަރިފުޅު ލޯންޗް ކުރަނީ

"ޔަމްލާ ޕަގްލާ ދީވާނާ 2" ގެ މަންަޒަކަށް ބައްޕަ ސަނީ ރެޑީވާ އިރު ކަރަން ކްލެޕް ކުރަނީ.

ފިލްމް "ބޭތާބް" އިން ބޮލީވުޑަށް ތައާރަފުވުމަށް ފަހު، ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ސަނީ ޑިއޯލް އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ލޯންޗް ކުރަން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު އުމުރުން 21 އަހަރުގެ ކަރަންގެ ކެރިއާ އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަނީ ބުނީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަރަން ބޮލީވުޑަށް ލޯންޗް ކުރާނެ ކަމަށެވެ. އަދި ކަރަންގެ ފުރަތަމަ ފިލްމް ޑައިރެކްޓް ކުރާނީ ސަނީ އަށް ވުން ކަމަށް ގާތް ކަމަށ އޭނާ ބުންޏެވެ.

"އަހަރެން ބޭނުން ވަނީ އަހަންނާއި ކޮއްކޮ [ބޮބީ ޑިއޯލް] ބޮލީވުޑަށް ތައާރަފްވި ކަހަލަ ފިލްމަކާ އެކު ކަރަން ލޯންޗް ކުރަން. އަހަރެއްހާ ދުވަހުގެ ތެރޭގައި ކަރަން ލޯންޗް ކުރާނަން. އެކަމަށް ތައްޔާރުވަމުން މިހާރު ވެސް މި އަންނަނީ،" 1999 ވަނަ އަހަރު "ދިއްލަގީ" ޑައިރެކްޓް ކުރި ސަނީ ބުންޏެވެ.

އުމުރުން މިހާރު 56 އަހަރުގެ ސަނީގެ ދަރިފުޅު ކަރަންް ސްކްރީނަށް ގެންނަން ޕްލޭން ކުރަމުން އަންނަ އިރު މިހާރު ރިލީޒްޗާން ތައްޔާރުވެފައި އޮތް ބައްޕަ ސަނީ އާއި ބޮޑު ބޭބެ ބޮބީ އާއި ކާދަ ދަރްމެންދްރާ ލީޑް ރޯލް ކުޅެފައިވާ "ޔަމްލާ ޕަގްލާ ދީވާނާ 2" ގެ އެސިިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކަރަން ވަނީ މަސައްކަތްކޮށްފަ އެވެ.

ކަރަން ބުނީ އޭނާ ވެސް ހުރީ ބައްޕަ އޭނާ ލޯންޗް ކުރާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ. އެހެންވެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ސްކްރީނުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ކަރަން ބުންޏެވެ.