Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އިންތިހާބީ މައްސަލައިގެ ތެރެއަށް ތަދަޚުލްވުމުގެ ފުރުސަތު އިދިކޮޅު ހަތަރު ޕާޓީއަށް ދީފި

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް އިދިކޮޅު ހަތަރު ޕާޓީން ތަދައްޚުލްވުމުގެ ހުއްދަ ސްޕްރީމް ކޯޓުން ދީފިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކޯޓަށް ބަލައި ގަނެ މިއަދު މެންދުރު 1 ޖަހާއިރު ޝަރީއަތް ފަށަން ވަނީ ނިންމާފައެވެ. މި މައްސަލައިގެ އަޑުއެހުމަށް ރައީސް ޔާމީންގެ ސަޕޯޓަރުންނާއި، އިދިކޮޅު ގިނަ މެމްބަރުންތައް ހެނދުނުސުރެ ފެށިގެން ސްޕްރީމް ކޯޓު ދޮށުގައި ވަނީ ކިއު ހަދާފައެވެ.

މައްސަލައިގެ ތެރެއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ އިތުރުން ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދަތަހުލްވުމަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.