Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އިންތިހާބާއި ގުޅޭ މައްސަލައިގެ އަޑުއެހުން ސްޕްރީމް ކޯޓުގައި ފެށިއްޖެ

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން ފެށުމަށް ތައްޔާތުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ބާޠިލް ކުރެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވި މައްސަަލައިގެ އަޑުއެހުމަށް ޕީޕީއެމްގެ ފަރާތުން މައްސަލަ ހުށަހެޅުއްވި ފަރާތްތަކާއި އިދިކޮޅު ޕާޓީތަކުން މައްސަލައަށް ތަދައްޚުލްވެ ވަޑައިގެންނެވި ބޭފުޅުންނާއި، ނޫސްވެރިން ވަނީ ސްޕްރީމް ކޯޓުތެއަށް ވަދެވަޑައިގެންފައެވެ.

ސްޕްރީމް ކޯޓުގައި މައްސަލަ ތާވަލް ކޮށްފައިވަނީ މެންދުރު 1 ޖަހާއިރަށެވެ. ނަމަވެސް ހެނދުނު 8 ޖެހީސުރެ ފެށިގެން ގިނަ ބަޔަކު ވަނީ މައްސަލައިގެ އަޑުއެހުމަށް ވަނުމަށް ސްޕްރީމް ކޯޓު ކައިރީ ދިގު ކިއޫ ހަދާފައެވެ. އޭގެ ތެރޭގައި ބައެއް މަޖްލިސް މެމްބަރުންނާއި ރައީސް ޔާމީން ސަރުކާރުގެ އިސް ބޭފުޅުން ހިމެނެއެވެ.

މައްސަލައިގެ ޝަރީއަތް ސްޕްރީމް ކޯޓުގައި ފެށިގެން ކުރިއަށްދާއިރު ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދަށް ޖަމާވެފައެވެ. ފުލުހުންނާއި ސިފައިން މިހާރުވަނީ ސުޕްރީމް ކޯޓު ސަރަހައްދަށް އެެއްވި މީހުން ފަހަތަށް ޖައްސާފައެެވެ. ސިފައިން ރަޔަޓް ގިޔަރުގައި ސުޕްރީމް ކޯޓުގެ ގޯތި ތެރޭގައި ހަރަކާތްތެރިވަމުން އަންނަ އިރު އެސްއޯ ފުލުހުންވެސް ދަނީ ރަޔަޓް ގިޔަރުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ސްޕްރީމް ކޯޓުގެ ބޭރަށް ބަލާއިރު ގިނަ ބަޔަކު ދަނީ ރައީސް ޔާމީން ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.

ތަފްސީލް އަންނަނީ…..