Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ސްޕްރީމް ކޯޓު ސަރަހައްދުން މުއިއްޒުއަށް ހުތުރު އެއްްޗެހި ގޮވައިފި

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމަށް ސްޕްރީމް ކޯޓަށް ވަނުމަށް ހަދާފައިވާ ކިއޫގައި ހުންނަވަނިކޮށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އާއި ދިމާކޮށް ހުތުރު އެއްޗެހި ގޮވައިފިއެވެ.

މިނިސްޓަރ މުއިއްޒު ކިއުގައި ހުންނެވި ނަމަވެސް ސްޕްރީމް ކޯޓަށް ވެންނެވޭ ގޮތް ނުވިއެވެ. އަދި އެތަނުގައި މަޑުކޮށްގެން ހުންނަވަނިކޮށް ސަރުކާރާއި އިދިކޮޅު ސަޕޯޓަރުންތަކެއް ވަނީ މުއިއްޒު އާއި ދިމާކޮށް އެއްޗެހި ގޮވާފައެވެ.

މުއިއްޒު އާއި ބަޔަކު ދިމާކުރި އިރު ހުޅުމާލެއިން 400 ގޯތި ވިއްކާ މައްސަލާގައި ގިނަ ބަޔަކު ތިބީ ހައުސިންގެ މަސައްކަތާއި މެދު ހިތްހަމަ ނުޖެހިއެވެ. މުއިއްޒު އާއި ދިމާކުރި މީހުން ފުލުހުން ވަނީ ފަހަތަށް ޖައްސާފައެވެ.