Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ރައްޔިތުންގެ ނިންމުން ބަދަލު ކުރުމުގެ ހައްގެއް ސުޕުރީމް ކޯޓަކަށް ނެތް: ނަޝީދު

ރައްޔިތުންގެ ނިންމުން ބަދަލު ގެނައުމުގެ ހައްގެއް ސުޕުރީމް ކޯޓަށް ލިބިގެން ނުވާކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްްޖއެވެ.

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން ސްޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ނިންމުން ބަދަލުކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމު ކޯޓުން ބަލައިގެންފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުކޮށްފައި ކަމަށާއި އެ ނިންމުމަށް ބަދަލު ގެނައުމަށް އުސޫލުތަކާ ހިލާފަށް ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށާއި އެހެންނަމަވެސް ހިންގުމުގެ ހައްގު ނެތް މައްސަލައެއް އެހެން ގޮތަކަށް ނިންމުމުގެ ހައްގު ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައިގެ ތެރެއަށް އިދިކޮޅު ހަތަރު ލީޑަރުން ވަނީ ތަދައްޚުލްވެވަޑައިގެންފައެވެ. މައްސަލައިގެ އަޑުއެހުން މިހާރު ސްޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ.