ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.
މިއަދު މެންދުރު 1 ޖެހިއިރު ފެށި ޝަރީއަތް މީގެ ކުޑައިރުކޮޅެއް ކުރިން ނިންމާލީ މާދަމާ ހެނދުނު 10 ޖަހާއިރު އިތުރު އަޑުއެހުމެއް ބާއްވަން ވަނީ ނިންމާފައެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ރައްދުވާ އިލެކްޝަން އަދި މައްސަލައަށް ތަދައްޚަލުވެފައިވާ ޖުމްހުރީ ޕާޓީ އަދި އެމްޑީޕީން ވަނީ މައްސަލަ އާއި ގުޅޭ ގޮތުން މިއަދު ވަނީ ވާހަކަ ދައްކަވާފައެވެ.
ޝަރީއަތުގެ އަޑުއެހުމުގައި އިލެކްޝަނުން ވަނީ މި މައްސަލައަކީ ހިޔާލީ މައްސަލައެެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން އޮބްޒާވަރުން ބޭނުންކުރުމަށް ގެނައިކަމަށް ބުނާ އަގޮޓި ތަކަކާއި ގަލަންތަކަކީ ހިޔާލީ ތަކެތިކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. މިއަދުގެ އަޑުއެހުމަށް ޕީޕީއެމްގެ ބައެއް ވަޒީރުންނާއި ޕީޖީ ލީޑަރ އަހުމަދު ނިހާން އާއި ޕާޓީގެ ނައިބް ލީޑަރ އަބްދުއް ރަހީމް އަބްދުﷲ ވަޑައިގެންފައިވާ އިރު އެމްޑީޕީގެ ވަކީލް ހިސާން ހުސެއިން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ.
އިންތިހާބު ބާޠިލް ކުރުމަށް ހުށަހެޅިފައިވާ މައްސަލައިގެ މާދަމާގެ ޝަރީއަތަކީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތެއްްކަމަށް ސްޕްރީމް ކޯޓުން ބުނެފައި ނުވެއެވެ.
އިންތިހާބާއި ގުޅޭ މިމައްސަލައަށް ދިވެހި ރާއްޖޭގެ ގިނަ ރައްޔިތުންގެ ނަޒަރު ހުއްޓިފައިވާ އިރު މިއަދު ހެނދުނުން ފެށިގެން ޝަރީއަތް އަޑުއެހުމަށް ވަނުމަށް ގިނަ ބަޔަކު ސްޕްރީމް ކޯޓު ކައިރީ ކިއު ހެދިއެވެ.
ތަފްސީލް އަންނަނީ…..