Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ސާފު ސުޒުކީ ތަށި އައްޑޫގައި، ފޮޓޯ ނަގަން ބޭނުންތަ؟

ސާފު ސުޒުކީ ތަށި އުފުލާލި ގައުމީ ޓީމްގައި ހިމެނުނު އައްޑޫގެ ދެ ކުޅުންތެރިންކަމަށްވާ މުހައްމަދު އާރިފް (ބަކާ) އަދި އިބްރާހިމް މަހުދީ ހުސެއިން (ކުދު އިއްބެ) ތައްޓާއި އެކު މިއަދު ހެނދުނު އައްޑޫއަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަދު ހެނދުނު ތައްޓާއި އެކު އިއްބެ އަދި ބަކާ އައްޑޫއަށް އައުމުން އައްޑޫގެ ގިނަ ބަޔަކުވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދެކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އައްޑޫގެ ވީހާވެސް ގިނަ ބަޔަކަށް މި ދެކުޅުންތެރިންނާއި ބައްދަލުކޮށް ތައްޓާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިއަދު ހަވީރު ވަނީ ހާއްސަ އިވެންޓެއް ފޭދޫ ސްކޫލްގައި ބާއްވާފައެވެ.

އަދި މާދަމާ ހަވީރު 4 ން 6 އަށް ހިތަދޫ ސްކޫލްގައި ތައްޓާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ