Last Updated: June 22, 18:06
Monday, June 23, 2025
ޚަބަރު

ސިއްރު ހެކިބަހަކީ އިސްލާމީ ޝަރީއަތުގައި ގަބޫލުކުރެވޭ އެއްޗެއް ނޫން: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ޝަރުއީ ކޯޓުތަކުގައި ސިއްރުން ނަގާ ހެކިބަހަކީ އިސްލާމީ ޝަރީއަތުގައި ބުރަދަނެއް އެކުލެވޭ އެއްޗެއް ނޫން ކަމަށް ދިވެހި ރާއްޖޭގެ ރައީސްކަން 30 އަހަރުވަންދެން ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސިއްރު ހެކިބަހަކީ ކީރިތި ޤުރުއާނުގައި ވެސް، ރަސޫލާގެ ސުންނަތުގައިވެސް އަދި އިލްމުވެރިންގެ ބަސްފުޅެއްގައި ވެސް ނުހިމެނޭ އެއްޗެއް ކަމަށެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހެއްކަކަށް ސިއްރު ހެކި ހުށައަޅަން ނިންމާފައިވާކަން އިއުލާން ކޮށްފައިވަނިކޮށެވެ.

މިއަދު މެންދުރު 13:00 ގައި ފެށި މިޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނުވެސް ކުރިއަށް ދާނެ ކަމަށް، މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމެވިއިރު ގާޒީ އިއުލާން ކުރައްވާފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.