Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ކާމިޔާބު ނުވުމުން އީސީ ގޯސް މިވީ: ޢަބްދުﷲ ރިޔާޒް

ޢަބްދުﷲ ރިޔާޒް. ފޮޓޯ: މިހާރު

އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަން(އީސީ) އިން ގޯސްކޮށް ކުރިކަމަކަށް ސުޕްރީމް ކޯޓުގައި ބުނާ ހުރިހާ ކަމަކީ ރައީސް ޔާމީނަށް ފައިދާވާ ގޮތަށް ކުރަން ރޭވި ކަންކަން ކަމަށާއި، އެކަން ކާމިޔާބު ނުވުމުން ގޯސް މިވީ އީސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ރިޔާޒް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބާއިބެހޭ މައްސަލަ ހުށަހެޅީ ކޮންސްޕިރެސީ ތިއަރީއެއްގެ މައްޗަށް ބިނާކޮށް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެފައިވާ ކަމަށް ދިވެހި އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"އިންތިޚާބުގައި އީސީ އިން ގޯސްކޮށް ކުރިކަމަކަށް ސުޕްރީމް ކޯޓުގައި ބުނާ ހުރިހާ ކަމަކީ ރައީސް ޔާމީނަށް ފައިދާވާ ގޮތަށް ކުރަން، ރައީސް ޔާމީން ރޭވިކަންކަން! ވައްކަންވެސް ބޭނުންވި ގޮތަށް ނުކުރެވި އިންތިޚާބު ގެއްލުނީ. ކާމިޔާބު ނުވުމުން އީސީ ގޯސްމިވީ! އަބަދުވެސް މީހުން ބޭނުން ކޮށްފަ ޑަމްޕް ކުރާގޮތަށް މިކަންވެސް މިވީ." ރިާޒް ވިދާޅުވިއެވެ.