Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

އިންތިހާބުގެ ދެވަނަ އަޑުއެހުން ފަށައިފި

ސުޕްރީމް ކޯޓުގައި މިއަދު ބާއްވާ އަޑުއެހުމަށް ކިއު ހަދާފައި

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ދެވަނަ އަޑުއެހުން ފަށަން ތައްޔާރުވެއްޖެއެވެ.

މި މައްސަލައިގެ އަޑުއެހުމަށް ނަން ނޯޓު ކުރި ފަރާތްތަކާއި، މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ އިލެކްޝަން ކަމިޝަންގެ އިތުރުން މައްސަލަ ހުށަހެޅުއްވި ޕީޕީއެމްގެ ބޭފުޅުން މިހާރު ވަނީ ސްޕްރީމް ކޯޓަށް ވަދެވަޑައިގެންފައެވެ. މައްސަަލަ ތާވަލް ކޮށްފައިވަނީ ހެނދުނު 10:30 އަށެވެ.

އިންތިހާބުގެ މައްސަލަ އިއްޔެ ކޯޓުގައި ކުރިއަށް ދިޔަ ވަގުތު ގިނަ ބަޔަކު ވަނީ ސްޕްރީމް ކޯޓު ސަރަހައްދަށް އެއްވެފައެވެ. ނަމަވެސް މިއަދު އެސަރަހައްދަށް އެއްވެފައިވަނީ އިއްޔެ އެއްވި މީހުންނަށް ވުރެ މަދު ބައެެކެވެ.

ތަފްސީލް އަންނަނީ….