Last Updated: April 24, 11:08
Wednesday, April 24, 2024
ޚަބަރު

ސިއްރު ހެއްކާއި މެދު ގޮތެއް ނިންމައި ފަހު އަޑުއެހުން މާދަމާ

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ނިންމާލައިފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އިންތިހާބާއި ގުޅޭ ދެވަނަ އަޑުއެހުން ނިންމާލާފައިވަނީ މިއަދު ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ސިއްރު ހެކި ތަކާއި މެދު ގޮތެއް ނިންމައި ފަހު އަޑުއެހުން މާދަމާއަށް ތާވަލްކޮށްފައެެވެ.

ސުޕުރީމް ކޯޓުގައި މިއަދު ހެނދުނު 10:30 ގައި ފެށި ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީންގެ ވަކީލް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަން އަނގިޓިތަކެއް ގެނައި ކަމަށާއި އެ އަނގޮޓި ގެނެސްފައިވަނީ އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފުގެ އަމިއްލަ ހަރަދުގައި ކަަމަށެވެ. އަދި އެކަމަށް ސިއްރު ތިން މީހެއްގެ ހެކި ހުށަހެޅިއެވެ.

މިއަދުގެ ފުރަތަމަ އަޑުއެހުން މެންދުރަށް ނިންމާލީ މެންދުރު ފަހުން ސިއްރު ހެކިން ބަލައި ގަނޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވުމަށްފަހުއެވެ.

މެންދުރު 1:30 ގައި ދެވަނަ ދަންފަޅީގެ އަޑުއެހުން ކުރިއަށް ގެންގޮސް ނިންމާލިއިރުވެސް ސިއްރު ހެކި ބަލައިގަނޭތޯ ނުވަތަ ނޫންތޯ ކަނޑަނާޅައެވެ. ނަމަވެސް މާދަމާ އެކަމާއި މެދު ގޮތެއް ނިންމަވާނެކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ވިދާޅުވެފައެވެ.

ތަފްސީލް އަންނަނީ…..؛