Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

"ސިފައިންގެ އެކުވެރި ކުންފުނި" އުފައްދަވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް: ފޮޓޯ - އަވަސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޤަރާރަކުން "ސިފައިންގެ އެކުވެރި ކުންފުނި" (އެސްއީކޭ) އުފައްވައިފި އެވެ.

މިކަން އިއުލާންކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައިވާ ގޮތުން މި ކުންފުންޏަކީ ސިފައިންގެ ވެލްފެއަރ އާއި މާލީ ކަންކަން އިތުރަށް ރަނގަޅުކޮށް ބެލެހެއްޓުމުގެ މަޤްސަދުގައި ހުޅުވާފައިވާ ކުންފުންޏެކެވެ.

"ކުރިއަށް ދިވެހި ސިފައިން، ކުރިއަށް ދިވެހި ޤައުމު"، މިނިސްޓަރުގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

އެސްއީކޭ ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވައި، ރައީސް ޔާމީން ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ އާ ކުންފުނީގެ ރައުސްމާލަކީ އެއް ބިލިއަން ރުފިޔާ ކަމަށެވެ.

އަދި އެއީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިންހޯދުމާއި ލިބިގަތުމާއި، މި ކަންކަމުގެ ޙައްޤު ލިބިގެންވާ އަދި ވަކި ސިއްކައެއް އޮންނަ ޤާނޫނީގޮތުން އަމިއްލަ ޝަޚްސެއް އޮންނަ ކުންފުންޏެއް ކަމަށެވެ.