Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ބޮޑު ހުކުމް: ސުޕްރީމް ކޯޓު ސަރަހައްދުގައި ކިއު ނަންބަރު މައްސަލަ ހޫނުވެއްޖެ

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ފަހު އަޑުއެހުން މިއަދު ހެނދުނު ސްޕްރީމް ކޯޓުގައި ބާއްވަން ތާވަލްކޮށްފައިވާ އިރު ޝަރީއަތް އަޑުއެހުމަށް ވަނުމަށް ހަދާފައިވާ ކިއުގައި ތިބި މީހުންގެ ތެރޭގައި ހަމަ ނުޖެހުން ހިންގައިފިއެވެ.

ސުޕްރީމް ކޯޓު ސަރަހައްދުގެ މަސްރަހު ހޫނުވެ ހަމަނުޖެހުން ހިންގާފައިވަނީ ރޭ ވަރަށް އިރާކޮޅުން ފެށިގެން ކިއުގައި ތިބި މީހުންގެ ތެރެއިން މެމްބަރު މަހުލޫފުގެ ފަރާތުން ބަހައްޓާފައި ހުރި މީހާގެ ނަންބަރުގައި މަހްލޫފުއަށް ވަދެވޭ ގޮތް ނުވުމާއި ގުޅިގެންނެވެ. މަހްލޫފުގެ ފަރާތުން ކިއުގައި ބަހައްޓާފައިވާ މީހާގެ ބަދަލުގައި ޕީޕީއެމް ބަޔަކު އަރައިގަތުމުންނެވެ. އެއާއިއެކު ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން މަހްލޫފުއަށް ވަދެވިޔަ ނުދޭން މަސައްކަތްކޮށް ހަމަ ނުޖެހުން ވަނީ ހިންގާފައެވެ.

ކޯޓު ރޫމަށް އަޑުއެހުމަށް ވަދެވެނީ 30 މީހުންނަށެވެ. އެގޮތުން މިއަދު ކިއުގެ ކޮންޓްރޯލް ވަނީ ޕީޕީއެމްއިން ނަގާފައެވެ. ޕީޕީއެމްއިން ވަނީ ޑިއުޓީ ބަހަައިގެން ކިއޫގައި މީހުން ބައިތިއްބާފައެވެ.

ކިއު މައްސަލަ ހޫނުވުމާއި އެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ހަމަނުޖެހުން ކޮންޓްރޯލްކޮށްފައެވެ. އަދި މިހާރު ކިއުގައި ތިބި މީހުން ނަން ނޯޓު ކުރުމަށް ސްޕްރީމް ކޯޓަށް ވަދެފައެވެ. ނަމަވެސް މަހްލޫފަށް ވަދެވޭ ގޮތް ނުވެއެވެ.

ތަފްސީލް އަންނަނީ…..