Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޖަރީމާއެއް ހިންގަން އުޅުމަކީ ޖަރީމާއެއް ސާބިތުކުރެވޭނެ ކަމެއް ނޫން: ޝެއިޚް އަލީ ޒައިދު

އައްޝައިހް އަލީ ޒައިދު

އެއްވެސް ކަހަލަ ޖަރީމާއެއް ހިންގަން އުޅުނު ކަމަށް އެއްބަސްވާ ހިސާބުން އެމީހަކީ ފާސިގެއްގެ ގޮތުގައި ބެލެވޭނެ ކަމަށާއި އެމީހެއްގެ ހެކިބަހެއް ގަބޫލެއް ނުކުރެވޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް އަލީ ޒައިދު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ފަރާތުން ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ސިއްރު ހެކިންގެ ގޮތުގައި، އީސީގެ ރައީސް ޝަރީފުގެ އަމިއްލަ ޚަރަދުގައި އިންތިޚާބު އޮޅުވާލުމަށް އަނގޮޓިތަކެއް އެތެރެކުރި ކަމަށް ބުނާ މީހެއްގެ ހެކިބަހާ ބެހޭ ގޮތުން ވާހަކަދެކެވުމުންދަނިކޮށެވެ.

ފަސާދަ އުފައްދަން މަސައްކަތް ކުރި ކަމަށް އިއުތިރާފުވާ މީހެއްގެ ހެކިބަސް ޝަރުއީ ކޯޓެއްގައި ނެގޭނީ ކިހިނެތްތޯ ގާނޫނީ ވަކީލުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާ ގުޅޭގޮތުން ޝެއިޚް އަލީ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވީ، ޖަރީމާއެއް ހިންގަން އުޅުމަކީ ޖަރީމާއެއް ހިނގިކަން ސާބިތުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.