Last Updated: June 10, 17:46
Wednesday, June 10, 2026
ޚަބަރު

ފުލުހުން އައްޑޫގެ ދެ މީހަކު ހޯދަނީ

ފުލުހުން ހޯދަމުންދާ ހަތަރު މީހުން. ފޮޓޯ/ ޕޮލިސް

މަސްތުވާތަކެތީގެ މައްސަަލައަކާ ގުޅިގެން ފުލުހުން އައްޑޫގެ ދެ މީހަކާއި އެހެން ދެ އަތޮޅެއްގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯދަމުން އަންނަނީ ސ. ހުޅުދޫ ސަނީލޮޖް ޢަލީ ޢާރިފް 36، އާއި ހިތަދޫ ކަޅުހުއްތުމާގެ އަޙްމަދު ޢަލީ، 49، ކަމަަށެވެ. މީގެ އިތުރުން ހޯދަމުންދާ އަނެެއް ދެ މީހުންނަކީ ގދ. ތިނަދޫ މީހަކައި ގއ. ދާންދޫ މީހެކެވެ.

ފުލުހުން ބުނީ މި މީހުންނަކީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މަނާ ކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައެއްގައި ކޯޓަށް ޙާޒިރުވުމަށް އެންގުމުން ވެސް ޙާޒިރު ނުވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ ހަތަރު މީހުން ކަމަށެވެ.

އެހެންވެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާރޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް އެންގުވުން ފުލުހުން އެދެ އެވެ.