Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޝާހިދު، އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު އާއި ބައްދަލުކުރައްވައިފި

ޝޮކޯ އާއި ޝާހިދު މިއަދު ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (މުހައްމަދު ޝިފާއު - އެމްޑީޕީ އިހަވަންދޫ ދާއިރާގެ ނައިބު ރައީސް)

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ޓްރާންސިޝަން ޗެއާމަން، އަބްދުﷲ ޝާހިދު، އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޝޮކޯ ނޮޑާ އާއި ބައްދަލުކުރައްވައިފި އެވެ.

މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުމާއި ބެހޭ އެއްވެސް ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.

ޝާހިދު ވަނީ މިއަދު ޓްރާންސިޝަން ކޮމިޓީގެ ޗެއާމަނުންނާއި ބައްދަލުކުރައްވައި، ވެރިކަން ބަދަލުކުރުމުގެ މަރުޙަލާއާއި ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ޝާހިދު އާއި ޝޮކޯ މިއަދު ބައްދަލުކުރެއްވިއިރު، މި ހިނގާ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހު ޝޮކޯ ވަނީ އިންތިޚާބީ ރައީސް، އިބޫ އާވެސް ބައްދަލުކުރައްވާފަ އެވެ.

ޝޮކޮ ނޮޑާ ރާއްޖޭގައި ހުންނަ އދ ގެ ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމާއި ހަވާލުވީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.