Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

"އަޅުގަނޑު ގައިގަ ޖެހުމުން ވީ ތަދަށްވުރެ ޙަރާމް ހެކިބަސް ނުނެގުމުން ލިބުނު އުފާ މާ ބޮޑު"

މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގެ މައްސަލައިގެ އަޑުއެހުމަށް ވަންނަން މަހުލޫފް ކިއުގައި - ފޮޓޯ: ޓްވިޓާ (އަހްމަދު މަހުލޫފް)

ގައިގައި ޖެހުމުން ވީ ތަދަށްވުރެ ޙަރާމް ސިއްރު ހެކިބަސް ނުނެގުމުން ލިބުނު އުފާ މާ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

"އަޅުގަނޑު ގައިގަ ޖެހި މީހާއަށް މަޢާފްކޮށްފިން"، އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވެއެވެ.

އަދި މަހުލޫފް ވިދާޅުވީ އެމީހާ އޭނާގެ ގައިގައި ޖެހުމުން ވީ ތަދަށްވުރެ، އިންތިޚާބާއި ގުޅޭ މައްސަލާގައި ސިއްރު ހެކިބަސް ނުނެގުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމުން ލިބުނު އުފާ މާ ބޮޑު ކަމަށެވެ.

މަހުލޫފް މިހެން ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ މައްސަލައިގެ ފަހު އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކިބަސް ނަގަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމެވުމާއި ގުޅިގެންނެވެ.

މިއަދު ހެނދުނު 10:00ގައި ފެށުނު މި އަޑުއެހުންތައް މެންދުރު މިވަނީ ނިންމާލާފައެވެ.

އެ އަޑުއެހުމަށް ވަނުމަށް ސުޕްރީމް ކޯޓު ސަރަހައްދުގައި ހަދާފައިވާ ކިޔޫގައި ރެއިން ފެށިގެން މީހަކު ބަހައްޓައިގެން ހެނދުނު ކިޔޫއަށް އެރުމުން ނަމްބަރު އިރާލާ ގަޔަށް އަރައިގަނެ، މަހުލޫފް އަށް މީހަކު ވަނީ ހަމަލާދީފަ އެވެ.

އެގޮތުން މަހްލޫފް ކިޔޫއަށް ވަންނަން ދިޔުމުން ޕީޕީއެމްގެ ސަޕޯޓަރުން އޭނާއާއި ދިމާކޮށް މުޅި ސަރަހައްދު ވަނީ ހަލަބޮލިކޮށްލާފައެވެ.

އެހެންނަމަވެސް މަހުލޫފް ފަހުން ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު އަޑުއެހުމަށް އޭނާ ވައްދައިފި ކަމަށެވެ.