Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ސްރީލަންކަންގެ ޕީއެސްއޭއަކަށް ހިތަދޫ ސްކައި ސިކްސް

ސްރީލަންކަންގެ ޕެސެންޖަރ ސޭލްސް އެޖެންޓު (ޕީއެސްއޭ)އަކަށް ހިތަދޫ ސްކައި ސިކްސް ހަމަޖައްސައިފިއެވެ.

ސްކައި ސިކްސްގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ޕީއެސްއޭ ހިދްމަތް އިފްތިތާހުކޮށްދެއްވީ އައްޑޫގެ މޭޔަރަ އަބްދުﷲ ސޯދިގު (ސޯބެ) އާއި ސްރީލަންކަންގެ ޖެނެރަލް ސޭލްސް އެޖެންޓު އޭސް ޓްރަވެލްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގުއެވެ.

ސްރީލަންކަންއިން ބުނީ އެއާލައިންއިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް ދިއުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ސްކައި ސިކްސް މެދުވެރިކޮށް ހަމަޖެހިގެންދާނެއެވެ.

ސްކައި ސިކްސް އަކީ ހިތަދޫގައި އެންމެ ފުޅާ ދާއިރާއެއްގައި މޯލްޑިވިއަންގެ ޓިކެޓު ވިއްކާ އޮފީހެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ކާގޯ އެޖެންޓަކީވެސް ސްކައި ސިކްސްއެވެ. އެކުންފުނިން ވަނީ 2016،2017 ގައި އެންމެ ރަނގަޅު ސޭލްސް ހެދި އައްޑޫ އެޖެންޓުގެ އިތުރުން ހިތަދޫގެ އެންމެ ރަނގަޅު އެޖެންޓު ކަން ހޯދާފައެވެ.

2016 ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ގަމަށް ދަތުރުފެށި ސްރީލަންކައިންއިން ހާއްސަ ޕްރޮމޯޝަން ބާއްވަމުން އަންނަ އިރު މި ހިދްމަތަކީ އައްޑޫގެ ގިނަ ރައްޔިތުން ބަަލައިގެންފައިވާ ހިދުމަތެކެވެ.