Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

"ހުކުމުގައި ޖަހާ ތައްގަޑާއި، ސޮއި ކައްސަލާއިގެން ތިރިއަށް ނުވެއްޓޭކަން ކަށަވަރު ކުރަން ޖެހޭ"

ސްޕްރީމް ކޯޓުގެ ހުކުމުގައި ސޮއި ކުރައްވާ އިރު ސޮޔާއި، ކޯޓުގެ ތައްގަޑު ކައްސާލައިގެން ތިރިއަށް ނުވެއްޓޭކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވަކީލުކަމުން ސަސްޕެންޑުކޮށްފައިވާ ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބްގައި ބޭނުންކުރި ވޯޓް ކަރުދާހުގައި ކެނޑިޑޭޓް ނަމްބަރު އެކަކާއި ދިމާލުގައި ފާހަގަ ޖެހުމުން ކެނޑިޑޭޓް ނަމްބަރު ދޭކާއި ދިމާލަށް އެ ފާހަގަ ފޭދޭ ކަމަށާއި ކެނޑިޑޭޓް ނަމްބަރު ދޭކާ ދިމާގައި ފާހަގަ ޖެހުމުން ކެނޑިޑޭޓް ނަމްބަރު އެކަކާއި ދިމާއަށް މައްޗަށް އަރާކަމަށް މުއުތަބަރު ހެކި ލިބިފައިވާކަމަށް ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ ވިދާޅުވެފައެވެ.

މުއާޒުގެ ވާހަކަ ހުއްޖަތަކަށް ހައްދަވައި ގާނޫނޫ ވަކީލް އަބްދުލް މާނިއު ހުސެއިން ވަނީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ލިބިވަޑައިގެންނެވި ވޯޓަކީ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ވޯޓުކަމަށް ކަނޑައަޅައި ދިނުމަށް ހައި ކޯޓަށް ހުށަހަޅުއްވާފައެވެ.

ވޯޓު ކަރުދާހުގައި ޖެހި ފާހަގަ ތިރިއަށް ވެއްޓުނުކަމަށް ޕީޕީއެމްއިން ވާހަކަ ދައްކަމުން ދަނިކޮށް މިރޭ ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުމުގައި ޖަހާ ކޯޓު ތައްގަޑާއި ސޮއި ތިރިއަށް ނުވެއްޓޭތޯ ކަށަވަރު ކުރަން ޖެހޭ ކަމަށާއި، ސޮއި ކުރެއްވީ ފަނޑިޔާރުންތޯ ބަންޑާރަ ނައިބް އަނިލް އާއި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ އިތުރުން ޖެނެރަލް ޝިޔާމު ތިއްބެވުން މުހިއްމުކަމަށެވެ.

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާއިރު ދިވެހިން ކެތްމަދުވެފައިވަނީ ކޯޓުން ހުކުމް ކުރާނެ ވަގުތަށެވެ. އެމައްސަލަ އާއި ގުޅިގެން އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސެއިން ވިދާޅުވީ މައްސަލައަކީ ހިޔާލީ މައްސަލައެއް ކަމަށާއި މަދީ އުދުހޭ މުސައްލައެއް އެކަނި ކަމަށެވެ.