Last Updated: April 23, 20:04
Tuesday, April 23, 2024
ރިޕޯޓް

ޚަޝޯގީ މައްސަލާގައި އެމެރިކާވެސް ސައުދީކޮޅަށް!

ވޮޝިންގްޓަން ޕޯސްޓުގެ ނޫސްވެރިޔާ، ޖަމާލް ޚާޝޯގީ: ފޮޓޯ - އޭޕީ

މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުރި ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ސައުދީގެ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ ގެއްލިފައިވާ މައްސަލާގައި އެމެރިކާގެ ރާގު ބަދަލުވެ ސައުދީއާ އެއްކޮޅަށް އަރައިފިއެވެ.

ނޫސްވެރިޔާ ސައުދީ ކޮންސިއުލޭޓުގައި މަރާލުމަށްފަހު ގެއްލުވާލާފައިވާ ކަމަށް ތުހުމަތު ކުރެވެމުންދާއިރު ސައުދީއަށް ޖަމާލް ޚަޝޯގީ ކޮންސިއުލޭޓުން ނިކުތްކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ. އަދި ސުވާލުތަކަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި ސައުދީން ފެންނަމުން ދަނީ މުޅިންވެސް މައްސަލަ އޮއްބާލަން މަސައްކަތް ކުރާ މަންޒަރެވެ.

ނޫސްވެރިޔާ ގެއްލުމާ ގުޅިގެން އެމެރިކާއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީއަށް ޖަވާބުދާރީ ވުމަށް އަންގަމުން ދިޔަ ނަމަވެސް، އިއްޔެ އެމެރިކާގެ ރައިސް، ޑޮނަލްޑް ޓްރަމްޕް ވަނީ ވާހަކަ ބަދަލުކުރައްވާފައެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް ޓްރަމްޕް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެއްވެސް ކަމެއް ސާބިތުނުވަނީސް އެއްވެސް ބަޔެއްގެ ބޮލުގައި އިލްޒާމުތަކެއް އެޅުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. މިއީ މިމައްސަލާގައި ދިވެހި ސަރުކާރުގެ ވެސް ރަސްމީ ބަހެވެ.

ޚާޝޯގީ ވީނުވީއެއް ނޭނގި ގެއްލިފައިވާތާ ދެ ހަފްތާ ވެފައިވާއިރު ފުރަތަމަ ޓްރަމްޕް ވަނީ މައްސަލަ ވަގުތުން ތަހުގީގު ކުރުމަށް ގޮވާލައި، ނުކުރާނަމަ ހަރުކަށި ފިޔަވަޅުތައް ވެސް އެމެރިކާއިން ސައުދީއަށް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

އަދި މިމައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕިއޯ ވަނީ އެގައުމަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ފޯނުން ގުޅުއްވައި ވަލީއުލް އަމްރު މުހައްމަދު ބިން ސަލްމާނާއި ވާހަކަ ދެއްކެވުމަށް ފަހު ޓްރަމްޕްގެ ރާގު ބަދަލުވެފައިވާކަން ފާހަގަކުރެއެވެ.

ނަމަވެސް ޓްރަމްޕްގެ އިންޒާރަށް ފަހު ސައުދީ އިން އެމެރިކާއަށް ބަދަލުގައި އިންޒާރެއް ފޮނުވާފައިވެއެވެ. ރަސްމީގޮތުން ސައުދީ ސަރުކާރުން އެއްވެސް އެއްޗެއް ހާމަކޮށްފައިނުވި ނަމަވެސް ސައޫދީ ޝާހީ އާއިލާއާ ގާތް ގުޅުންތަކެއް އޮންނަ ބޭފުޅެއް ކަމަށްވާ އައްދަޚީލް ވަނީ އެމެރިކާއިން ފިޔަވަޅު އަޅައިފިނަމަ ބަދަލުގައި 30 ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

އެގޮތުން އެމެރިކާއަށް ވިއްކާ ތެޔޮ ވިއްކުން މަދުކޮށް ނުވަތަ ހުއްޓާލާނެ ކަމަށާއި އެމެރިކާއިން ހަތިޔާރު ނުގަނެ ރަޝިޔާ އަތުން ހަތިޔާރު ގަތުމާއި ސައުދީގައި ރަޝިޔާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މިވާހަކަތަކަށް ފަހު ޓްރަމްޕްގެ ހަރުކަށި ބަސްތައް ބަދަލުވެ ސައުދީއަށް ކުރަމުންދާ ތުހުމަތުތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

ޖަމާލް ޚަޝޯގީ ވަނީ ސައުދީ ދޫކޮށް އެމެރިކާއަށް ބަދަލުވެފައެވެ. އަދި އޭނާ ލިޔަމުން ދިޔައީ އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓްއަށެވެ. އަމިއްލަ ގައުމަށް އެނބުރި ނުދާން ނިންމައިގެން ހުރި ޖަމާލް ޚަޝޯގީ ސައުދީން އަރުވާލެވިގެން ހުންނެވީ ވެސް ޝާހީ އާއިލާއަށް ފާޑުވިދާޅުވެ ލިބުނު އިންޒާރުތަކުގެ ސަބަބުންނެވެ.

ތުރުކީގައި ހުރި ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ޖަމާލް ޚަޝޯގީ އެތަނުން ރަހީނުކޮށް ސައުދީއަށް ގެންގޮސްފައިވާ ކަމަށް އެއްބަޔަކު ތުހުމަތުކުރާއިރު އަނެއް ބަޔަކު ވަނީ އޭނާ އެ ކޮންސިއުލޭޓުގައި މަރާލާފައިވާ ކަމަށް