Last Updated: May 20, 10:07
Monday, May 20, 2024
ޚަބަރު

"ޔާމީނަށް ފިއްލެވުމުގެ ފުރުސަތު ނުދޭނެ"

ހަސަން ލަތީފް - ފޮޓޯ: އަވަސް

"ލިޔެވޭ އަނގޮޓި" އެއްގެ ވާހަކަތަކާއި އެކު ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އުޅުއްވާ ރައީސް އަބްދުﷲ ޔާމީން އަށް ޤައުމު ދޫކުރައްވައި ފިއްލެވުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަތީފް މިހެން ވިދާޅުވީ ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ހަސަން ވިދާޅުވި ގޮތުގައި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ވެރިކަމެއްގައި ރައީސް ޔާމީނަށް ފިއްލެވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ފުލުސް އޮފީހަށް ހުށަހަޅާފައިވާކަން ފާހަގުރައްވައި ހަސަން ވިދާޅުވީ، އެ ސަބަބުތަކަށްޓަކައި ފުލުހުން ވެސް ޔާމީނަށް ފިއްލެވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.