Last Updated: May 20, 09:38
Monday, May 20, 2024
ޚަބަރު

ނުކުޅެދުންތެރިކަމަކީ، ނުވިސްނުނުކަމަކީ މީހުންގެ ފިކުރަށް އަންނަ ބަދަލު!

ރައީސް އަބްދުﷲ ޔާމީން، ފޮޓޯ: ރޮއިޓާސް

ނުކުޅެދުންތެރިކަމަކީ އަދި ވިސްނިވަޑައިނުގެންނެވި ކަމަކީ މީހުންގެ ފިކުރަށް އަންނަ ބަދަލު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ނުކުޅެދުންތެރިކަމަކީ މީހުން "ދަސްނުވުން" ކަމަށެވެ.

އަދި ރައްޔިތުންގެ ވިސްނުން ބަދަލުވަމުންދަނީ ކޮން ކަހަލަ ނުފޫޒެއްގެ ތެރެއިން އަންނަ ކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައެވެ.

"މީހުންގެ ވިސްނުން ބަދަލުވަނީ ކޮން ނުފޫޒަކުން ކަމެއް އަޅުގަނޑަކަށް ނުވިސްނުނު" ޔާމީން ވިދާޅުވިއެވެ.