Last Updated: July 22, 11:11
Wednesday, July 22, 2026
ޚަބަރު

އިންސާފުވެރިކަމަކީ ރައްޔިތުން އެންމެ އެދޭކަންތައް: ޔާމީން

ދިވެހިރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަމަކީ އިންސާފުވެރިކަން ޤާއިމްވެގެން ދިޔުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމާޢި މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން މިހެން ވިދަޅުވިއިރު އެމަނިކުފާނުގެ ވެރިކަމުގައި އިންސާފުން ބޭރުން ކަންތައް ކުރެއްވި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް މިހާތަނަށް އެމަނިކުފާނު ވަނީ އެކަން ދޮގުކުރައްވާފައެވެ.

މިއަދު ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ގާނޫނު ތަންފީޒުކޮށްދޭން ކަމަށާއި ހުރިހާ ކަމެއް ވެސް ކުރެއްވީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އަދި އެމަނިކުފާނުގެ ސަރުކާރުން އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ހުރިހާ މަރުހަލާއެއްގައި ވެސް ކުރިއަށް ގެންދެވީ ޤާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެެވެ.