Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ވައްކަން ކޮށްފަ، މީހުންނަށް އަނިޔާދީފަ މިއީ "ގަޓް ރައީސް" އޭ ކިޔާފަ ފިލާތީ ހިނި އަންނަނީ: މަހުލޫފް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހިފެހެއްޓޭނީ ހަމައެކަނި ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/AhmedMahloof/status/1052481350769336320

އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ ފުލުހުންނާއި ކޯޓްތަކުން ރައީސް ޔާމީން ހިފަހައްޓާ ނުދޭނަމަ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކަށް ރައީސް ޔާމީން ނުހުއްޓުވޭނެ ކަމަށާއި، އެކަން ކުރެވޭނީ ރައްޔިތުންނަށް ކަމަށެވެ.

"އަޅުގަނޑު ގާތަށް ހިނި އަންނަނީ ވައްކަން ކޮށްފަ މީހުންނަށް އަނިޔާދީފައި، މިއީ ގަޓް ރައީސްއޭ ކިޔާފަ ފިލާތީ"، މަހުލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ދެރަވާ ކަމަކީ ވެރިކަން ހިންގާ ޕާޓީ، ޕީޕީއެމްގެ މެމްބަރުން މަގުމަތި ކުރާތީ ކަމަށެވެ.