Last Updated: May 20, 11:52
Monday, May 20, 2024
ޚަބަރު

ޔާމީން ފިއްލަވަން އުޅޭތީ އެކަން ހުއްޓުވައިދިނުމަށް އެދި ޕޮލިހަށް

ރައީސް އަބްދުﷲ ޔާމީން ޤައުމު ދޫކުރައްވައި ފިއްލަވަން އުޅުއްވާކަމުގެ އަޑުތައް ފެތެރުމުން ދާތީ އެކަން ހުއްޓުވައިދިނުމަށް ފުލުސް އޮފީހުގައި އެދިއްޖެއެވެ.

ރައީސް ޔާމީން ފިއްލަވަން އުޅުއްވާތީ އެކަން ހުއްޓުވައި ދިނުމަށް ފުލުސް އޮފީހުގައި އެދިފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ޓީމަކުންނެވެ.

ފުލުސް އޮފީހުގައި މިވަގުތު ހަރަކާތްތެރިވަމުންދާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު އާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރެމުން އަންނައިރު މިއަދުގެ ވަގުތެއްގައި ކުއްލިގޮތަކަށް އެމަނިކުފާނު ވަނީ ޤައުމާއި މުޚާތަބުކުރައްވައި ވާހަކަ ދައްކަވާފައެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ފެއްޓެވީ "ރަސްމީ ހިދުމަތުގެ ނިމުން ކައިރިވެފައިވާ" ކަމަށް ވިދާޅުވެއެވެ.

ތަފްސީލް އަންނަނީ….