Last Updated: July 22, 11:11
Wednesday, July 22, 2026
ޚަބަރު

ހިތަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފި

އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކިލޯއަކަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް ހިންގި އޮޕަރޭޝަނުގައި 4 ރަބަރު ޕެކެޓެއްގައި ހުރި މަސްތުވާތަކެއްޗާއި އެކު 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަތުލައިގަތީ މަސްތުވާތަކެތީގެ ކޮންބާވަތެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި 19 އަހަރުގެ ޒުވާނާ ހައްޔަރުކޮށްފައި ވަނީ ހިތަދޫ އީދިގަލިކިޅި ސަރަހައްދުންނެވެ.