Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

ރައީސް ޔާމީން ފިއްލަވާކަށް ނޫޅުއްވާ: ތަރުޖަމާނު

ރައީސް އަބްދުﷲ ޔާމީމް ރާއްޖެދޫކޮށް ފިއްލަވަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޮގުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (ގަރާރު މުއާ) ވިދާޅުވީ ރައީސް ޔާމީނަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އަދި އެއަށް ފަހުންވެސް އެމަނިކުފާނަކީ ފިއްލައްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި އެމަނިކުފާނަކީ ފިނޑި މީހެއް ނޫންކަމަށް މުއާޒު ވިދާޅުވިއެވެ.

ރައީސް އޮފީހުން މިގޮތަށް ބުނި އިރު ރައީސް އަބްދުﷲ ޔާމީން ގައުމު ދޫކޮށް ވަޑައިގަންނަވާ ކަމުގެ އަޑުތައްވަނީ ގަދަ ވެފައެވެ. އެ އަޑު ތަކާއި ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެމަނިކުފާނަށް ތަފާތު އެކި ތުހުމަތުތައްް ކުރެވޭތީ ގައުމު ދޫކޮށް ފިއްލަވައިގެން ވަޑައިނުގެންނެވޭނެ ގޮތް ހައްދަވައި ދެއްވުން އެދި ފުލުހަށް ހުށަހަޅާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވާކަމުގެ މައުލޫމާތު ލިބިގެން އެކަން ޤަނޫނީ އިމުގެ ތެރެއިން ހުއްޓުވައި ދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ.